ކޮރޯނާ ވައިރަސް ނުރައްކާތެރި ނޫންކަމަށް ބުނެވިފަވަނީ އޮޅުމަކުން: ޑަބްލިއުއެޗްއޯ

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ކުރިން ނިންމުނީ އިބާރާތް ކުރުމުގައި ހެދުނު ގޯހަކުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑާބްލިއުއެޗްއޯއިން...

28 Jan 2020 | 04:48

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ކުރިން ނިންމުނީ އިބާރާތް ކުރުމުގައި ހެދުނު ގޯހަކުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑާބްލިއުއެޗްއޯއިން ބުނެފި އެވެ.

ޑަބްލިޔޫއެޗްއޯގެ އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީން ޖެނީވާގައި ކުރި ދެދުވަހުގެ މަޝްވަރާއަށްފަހު ކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ، ދުނިޔޭގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް އެ ބަލީގެ ހާލަތު އަދި ނުދާ ކަމަށެވެ. އެހެންވެ ދުނިޔޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކުރަން ޑަބްލިޔޫއެޗްއޯގެ ޓީމުން ނިންމާފައެއް ނުވެއެވެ.

އިއްޔެ އެ ޖަމިއްޔާގެ ތަރުޖަމާނު ވިދާޅުވީ ކުރިން ނެރުނު ހާލަތުގެ ރިޕޯޓުގައި ނުބައިކޮށް އިބާރާތް ކުރެވުނީ ކަމަށެވެ. އޭނާ ވިދާޅުވީ ވައިރަސްގެ ނުރައްކާ ހުރީ މެދުމިންވަރެއްގައި ކަމަށް، ޖެނުއަރީ މަހުގެ 23، 24، 25 ގައި އާންމުކުރި ރިޕޯޓްތަކުގައި ބުނެފައިވަނީ ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ ޖަމިއްޔާއިން މިހާރު ބުނެފައިވަނީ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ ޗައިނާގައި ކަމަށެވެ. ހަމަ އެއާއެކު ސަރަހައްދަށާއި، ދުނިޔެއަށްވެސް އޭގެ ނުރައްކާ ބޮޑުކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް އެބްރެޔެސޫސް، މިހަފްތާގައި ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް