ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއިން ކާމިޔާބު ކަމާއި އެކުބާއްވާ އުރީދޫ ކަލާ ރަން މިއަހަރު ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖައްސައިފި އެވެ.
އުރީދޫއިން ރޭ ބޭއްވި "މަރުހަބާ2020" ގެ ހަފްލާގައި މިކަން އިއުލާންކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އެވެ.
އުރީދޫއިން ބުނީ މިއަހަރު ކަލާ ރަން އޮންނާނީ ހުޅުމާލެ އާއި ކުޅުދުއްފުށި ސިޓީގައި ކަމަށެވެ، މިދިޔަ އަހަރު ބޭއްވި ހުޅުމާލެ އާއި އައްޑޫ ސިޓީގައި އެވެ.
މިއަހަރަށް އެ ކުންފުނިން ކުރަން ރާވާފައިވާ ކަންކަމުގެ މައުލޫމާތު އާންމު ކުރުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ބުނީ ކުޅުދުއްފުށީ ސިޓީގައި ބާއްވާ "އުރީދޫ ކަލާ ރަން" އަންނަ މެއި މަހުގެ29 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. ހުޅުމާލޭގައި ބާއްވާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އުރީދޫ ކަލާ ރަން މިއަހަރު ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމީ އެ ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ބޭނުންވާތީ އެ ކުންފުނިން ބޭނުންވާތީ ކަމަށް ރޭގެ ރަސްމިއްޔާތުގައި ނަޖީބު ވިދާޅުވި އެވެ.
އުރީދޫ ކަލާ ރަން އަކީ ވަރަށް ކާމިޔާބު ކަމާއި އެކު ހުޅުމާލޭގައި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް