ހާލުގައި ޖެހިގެން އޮޔާދަނިކޮށް ފެނުނު ސްރީލަންކާގެ މަސް ބޯޓު ހުޅުމާލޭ ބަނދަރަށް ގެނެސްފި އެވެ.
މި ބޯޓުގައި ހަ މީހުން ތިއްބެވެ. އިންޖީނު ހުއްޓި ހާލުގައި ޖެހިގެން އުޅެނިކޮށް ކޯސްޓްގާޑުން އެމީހުންނަށް އެހީތެރިވެދީފައިވަނީ މިމަހުގެ26 ވަނަ ދުވަހު އެވެ.
އެމްއެންޑީއެފުން ބުނީ ކ. ދިއްފުށީ އިރު އުތުރުން58 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް ފެނުނު އެ ބޯޓު މިއަދު ހެނދުނު6:10 ހާއިރު ހުޅުމާލެއަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ބޯޓުގައި ތިބި އެންމެންގެ ހާޅުވެސް ރަނގަޅު ކަމަށް މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް