ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް !

ޗައިނާގެ ހުބެއި ޕްރޮވިންސްގެ ހުވާން ސިޓީން ފެނި، ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސްގައި މިއަދާއި ހަމައަށް 106 މީހަކު މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެ...

28 Jan 2020 | 01:32

ޗައިނާގެ ހުބެއި ޕްރޮވިންސްގެ ހުވާން ސިޓީން ފެނި، ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސްގައި މިއަދާއި ހަމައަށް 106 މީހަކު މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ އިތުރުން ބައެއް އިތުރު ގައުމުތަކުން މި ވައިރަސް މިހާރު ފެނިފައިވާއިރު މި ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު މިވަނީ 4000 އަށްވުރެ މައްޗަށް އަރާފައެވެ. އިއްޔެ ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު އުޅެނީ ގާތްގަނޑަކަށް 2000 ހިސާބުގައެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު ފެނި، ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ މި ނުރައްކާތެރި ވައިރަސް ފެނުނު ވުހާން ހިމެނޭހެން އެގައުމުގެ 20 ސިޓީއެއް ޗައިނާއިން މިހާރު ވަނީ "ލޮކް ޑައުން" ކޮށްފައެވެ. އެ ސިޓީތަކަށް އެތެރެ ވެ، ބޭރުވުން މިވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މި ވައިރަސް އެންމެ ފަހުން ފެނިފައިމިވަނީ ޖަރުމަނުންނެވެ. ޖަރުމަނުގެ ދެކުނު ބަވާރިއާއިން ރޭގެ ވަގުތެއްގައި މީހަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު ދިވެހި ރާއްޖެއާއި އެންމެ ކައިރިން މި ވައިރަސް ފެނިފައިމިވަނީ ލަންކާއިންނެވެ.

މި ވައިރަހުން ރައްކާތެރި ވުމަށް ރާއްޖެއިން ދުރާލާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެއާޕޯޓްގައި ތާމަލް ކެމެރާ ހަރުކޮށް ރާއްޖެ އެތެރެވާ ފަތުރުވެރިން އަންނަނީ މޮނީޓަރ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް