އަވަށްޓެރި ސްރީލަންކާއިން ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ އެވެ.
މި ބަލި ޖެހިފައިވަނީ މިމަހުގެ19 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ޓޫރިސްޓެއްގެ ގޮތުގައި އެތެރެވެފައިވާ43 އަހަރުގެ ޗައިނާ އަންހެނަކަށެވެ. އޭނާ ހުން އައިސްގެން ޑޮކްޓަރަށް ދެއްކީ މިމަހުގެ25 ވަނަ ދުވަހު ކަމަށްވެ އެވެ.
މިހާރު އެމީހާ އެޑްމިޓްކޮށް ލަންކާ ސަރުކާޜުގެ ބެލުމުގެ ދަށުން ދަނީ ފަރުވާ ދެމުންނެވެ. ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ މިއީ އެ ގައުމުން ކޮރޯނާ ވައިރަސް ޖެހުނު ފުރަތަމަ މީހާ ކަމަށެވެ.
ލަންކާގެ އިތުރުން އިންޑިއާގައި އެ ބައްޔަށް ޝައްކުކުރެވޭ ހަތަރު މީހަކު ތިބި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން އެކަކުވެސް ބައްޔަށް ޕޮސިޓިވް ވެފައެއް ނުވެ އެވެ. އޭގެ ފަހުން މިރޭ އަނެއްކާވެސް މީހަކު ވަނީ ސީރިއަސް ކޭސް އެއްގޮތުގައި ބަލާ ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށްފައި އެވެ. އޭގެ ނަތީޖާއެއް އަދި ނޭނގެ އެވެ.
ރަސްމީ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް މި ބަލީގައި82 މީހަކު މަރުވެއްޖެ އެވެ. އަދި2700 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ވަނީ ޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް