ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
ވަގުތީ އަމުރެއް ނެރެފައިމިވަނީ އެކަމަށް ޝަރީއަތުގައި އިއްޔެ އަދީބު އެދުމުންނެވެ. ހައިކޯޓުން ވަގުތީ މި އަމުރު ނެރެފައިވަނީ އަދީބާއި ދައުލަތުން ޝަރީއަތުގެ މަޖިލީހުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
https://twitter.com/maryam_nashwa/status/1089852874551521280?s=21
ވަގުތީ މި އަމުރާއި ބެހޭގޮތުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގާ ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން އަދީބު ގެއަށް ބަދަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަމުރުކޮށްފައިވާކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް