ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ނޭޝަނަލް ޕޭ ކޮމިޝަން ގައި މިހާތަނަށް ތިއްބެވި ބޭފުޅުން ވަކި ކުރައްވައި، އެ ކޮމިޝަނަށް އާ ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ޕޭކޮމިޝަނަށް މި ފަހަރު އައްޔަންކޮށްފައިވަނީ ހ. ނީލަމް މަރްޔަމް ނިޔާފް މުޙައްމަދާއި ވިލިމާލޭ، މިންނަތު، އަފާފް އިބްރާހިމް އަލިދީދީ އާއި ހދ. ހަނިމާދޫ ރޯނުގޭ، އަބްދުﷲ އަލީ އާއި މ. ލަންސިމޫގޭ ފާތުމަތު ޝާނާ ފާރޫގެވެ.
އަދި އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ މަރްޔަމް ނިޔާފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް