ތެލުލި މަހާއި ތެލުލި ކުކުޅު – އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ތެލުލި މަހާއި ތެލުލި ކުކުޅު ކެއުމުން އުމުރު ކުރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ އެމެރިކާގައި އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ...

28 Jan 2019 | 07:15

ތެލުލި މަހާއި ތެލުލި ކުކުޅު ކެއުމުން އުމުރު ކުރުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ އެމެރިކާގައި އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއެކެވެ.

މި ދިރާސާ "ބްރިޓިޝް މެޑިކަލް ޖާނަލް" ގައި މިހާރު ޝާއިޢު ކޮށްފައިވާއިރު ދިރާސާގައި ބުނެފައިވަނީ އާއްމު ދިރިއުޅުމުގެ ތެލުލި ކެއުންތައް، ހާއްސަކޮށް ތެލުލި މަހާއި ތެލުލި ކުކުޅު ކެއުން މަދުކޮށްލައިފިނަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ފުރުސަތު އިތުރުވާކަމަށެވެ.

ބުނެފައިވާގޮތުގައި އުތުރު އެމެރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކޮންމެ ދުވަހަކު "ފާސްޓް ފުޑް/ޖަންކްފުޑް" ބޭނުން ކުރެއެވެ. އަދި މިކަންކަމުގެ ސަބަބުން ޓައިޕް 2 ޑައަބަޓީސް އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ.

މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ ލައްކައަކަށްވުރެ ގިނަ އަންހެނުންގެ މެޑިކަލް ރެކޯޑުތަކަށާއި އެމީހުންގެ ކެއުމުގެ ވައްޓަފާޅިއަށް ބަލައިގެންނެވެ. ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން 50 އަހަރާއި 79 އަހަރާއި ދެމެދުގެ އަންހެނުންނެވެ.

ދިރާސާގެ މުއްދަތުގައި އޭގެ ތެރެއިން 31 ހާހަށްވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރެއިން ނުވަ ހާހަށްވުރެ ގިނަ މީޙުން މަރުވެފައިވަނީ ހިތުގެ ބަލިތަކުގައި ކަމަށް ބުނެފައިވެއެވެ. އަދި އަށް ހާހަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ކެންސަރު ޖެހިގެން ކަމަށް ބުނެފައިވެއެވެ. ތެލުލި ބާވަތްތަކާއި ދުރުވުމަށް ދިރާސާގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް