ކޫއްޑޫ ފަރަށް ދޯންޏެއް އުރިއްޖެ

'ދުވެލި' ނަމަކަށް ކިޔާ ދޯންޏެއް ގ.އ ކޫއްޑޫ ފަރަށް އުރިއްޖެއެވެ. އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ކޫއްޑޫ ފަރަށް ދޯންޏެއް އަރާފައިވާ ކަމުގެ ހަބަރު ލިބުމާއި ގުޅިގެން، އެމްއެންޑީއެފްގެ ސަދަން ކޯސ...

28 Jan 2019 | 06:57

'ދުވެލި' ނަމަކަށް ކިޔާ ދޯންޏެއް ގ.އ ކޫއްޑޫ ފަރަށް އުރިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ކޫއްޑޫ ފަރަށް ދޯންޏެއް އަރާފައިވާ ކަމުގެ ހަބަރު ލިބުމާއި ގުޅިގެން، އެމްއެންޑީއެފްގެ ސަދަން ކޯސްޓްގާރޑް އިން އެތަނުގައި އަންނަނީ ހަރަކާތް ތެރި ވަމުންނެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިން މީހުން ތިބިކަމަށާއި، ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:27 ގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް