ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅުން އިސްކޮށް ތިއްބަވާ އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސީ، ޕީއެންސީގެ ވަގުތީ ރައީސަކަށް އެ ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ އައްޔަން ކޮށްފިއެވެ.
ޕީއެންސީ އުފެއްދުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ޕީއެންސީގެ ވަގުތީ ރައީސްގެ މަޤާމަށް އަބްދުއްރަހީމް އައްޔަން ކުރައްވާފައިވާއިރު، ނައިބު ރައީސުންގެ މަގާމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ އައްޔަން ކޮށްފައެވެ.
ޕާޓީގެ ކުލައިގެ ގޮތުގައި ވިލުނޫ ކުލަ ހަމަޖައްސާފައިވާއިރު، ޕާޓީ ހިންގުމުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދޫންޏެއް ރަމްޒުކޮށްދޭ ލޯގޯއެކެވެ. އަދި ޕާޓީ ހިންގުމަށްޓަކައި ހަތަރު ބޭފުޅުންގެ ކޮމެޓީއެއްވެސް ރޭވަނީ އައްޔަން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް