މިނިސްޓަރުންގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މި ބޭފުޅުންނާ އެކު ރައީސް އޮފީހުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ހިމެނޭ ގޮތުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ އަދަދު މިހާރު 50 އަށް ވުރެ މަތިވީ އެވެ.
މިގޮތުން މިނިސްޓަރުންގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެވިފައިވަނީ؛
- މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، ހ.ކަޅުވަކަރުގެ، މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް
- މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ހެޕީޑްރީމް، މުހައްމަދު އަންސާރު
- މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން ގެ ނައިބުގެ މަގާމަށް، ގ.ސައިމާ، ހަމަދު އަބްދުލްގަނީ
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަގާމަށް، ހދ.ނައިވާދޫ، ގުލްފާމްގެ، އަހްމަދު މުހްސިން
- މިިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގެ ނައިބުގެ މަގާމަށް، ހދ.ވައިކަރަދޫ، ޖޭޒްމީން، ހުސައިން ޒާމިރު
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، ގ.ހިމާލިޔާގެ، ފާތިމަތު ނިއުމާ
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، މއ.މަނަސް، ރިޔާޒް މަންސޫރު، އަދި
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، ގ.ރަންދެލިގެ، ފާތިމަތު ޔުމްނާ އެވެ.
މި ބޭފުޅުން މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އިއްޔެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް