އެސްޓީއޯއިން އައު ތެޔޮ ޓޭންކަރެއް ރާއްޖެ ގެނެސްފި

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން ލިމިޓެޑް(އެސްޓީއޯ) އިން އެ ކުންފުނީގެ އައު ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ރާއްޖެ ގެނެސް އޮޕަރޭޝަން ފަށައިފި އެވެ. އެގޮތުން އެސްޓީއޯގެ އައު ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ގެ ...

28 Jan 2018 | 14:24

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން ލިމިޓެޑް(އެސްޓީއޯ) އިން އެ ކުންފުނީގެ އައު ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ރާއްޖެ ގެނެސް އޮޕަރޭޝަން ފަށައިފި އެވެ.

އެގޮތުން އެސްޓީއޯގެ އައު ތެޔޮ ބޯޓު "އެމްޓީ އަލިމަސް" ގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމުގެ ގޮތުން އެސްޓީއޯއިން މިއަދު ވަނި ހަފްލާއެއް ބާއްވައިފައެވެ. މިބޯޓަކީ 25،000 މެޓްރިކްޓަންގެ ޓޭންކަރެކެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އާންމު ރައްޔިތުންނަށް ދޭ އަސާޞީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

"އެމްޓީ އަލިމަސް" ގެ ޓެކްނިކަލް އޮޕަރޭޝަން ބަލަހައްޓާނީ އެސްޓީއޯގެ ޓެކްނިކަލް ޓީމަކުން ކަމަށާއި އެސްޓީއޯގެ "އަލިހުރަސް" އަދި "އަލިމަސް" ތެޔޮ ބޯޓުގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާނުވެ އެސްޓީއޯގެ ފިއުލް އޮޕަރޭޝަންސް ކުރިއަށް ގެންދެވޭނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް