މިފްކޯ މަސްބޯޓެއް ދިޔަވެ އަޑިއަށް ދަނީ

ޅ ފެލިވަރު ކައިރިން މަސްބޯޓެއް ދިޔަ ވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޅ ފެލިވ...

28 Jan 2018 | 11:52

ޅ ފެލިވަރު ކައިރިން މަސްބޯޓެއް ދިޔަ ވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޅ ފެލިވަރު ކައިރީގައި އަޅާފައި އޮތް މިފްކޯގެ މަސްބޯޓު (Mifco101) އަށް ދިޔަ ވާކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 15:30 ހާއިރު ކަމަށެވެ.

"މި ބޯޓަށް އެހީތެރި ވުމަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ ކޯސްޓްގާޑު ޑައިވަރުންނާއިއެކު ދަނީ ހަރަކާތްތެރިވަމުން" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ މަސްބޯޓުގައި 24 މީހުން ތިބި ކަމަށާއި އެއީ 14 ބިދޭސީންނާއި 10 ދިވެހިން ކަމަށެވެ.

ތަފްސީލް އަންނަަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް