މަސްކިރާ ބޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މަސްކިރާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ޅ އަތޮޅުގައި އޮތް މަސްކިރާ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލ...

28 Jan 2018 | 11:37

މަސްކިރާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޅ އަތޮޅުގައި އޮތް މަސްކިރާ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 10 ދަޅާއެކު 48 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

"މި މީހާ ހައްޔަރު ކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ 24 ވަނަ ދުވަހު ހިނގި އޮޕަރޭޝަނެއްގައި" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާގެ ބަންދަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް