ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން ނާޒިލު އިސްތިއުފާ ދީފި
ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން ސ.ފޭދޫ، އާބުރުޒީގޭ ހަސަން ނާޒިލު އިސްތިއުފާ ދީފިއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ "އަޅުގަނޑު، ހަސަން ނާޒިލު މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށް ނިންމާފައިވާތީ މިވާހަކަ ދަންނަވާ" ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބު ސިޓީގައި ހާމަކޮށްފައި ނުވެ އެވެ.
އެއްވެސް ސަބަބެއް މި ސިޓީގައި ހާމަކޮށްފައި ނުވި ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އިސްތިއުފާ ދިނީ އަމިއްލައަށް ފެނިގެންނެވެ. އިސްތިއުފާ ދީފައިވާއިރު ނާޒިލްގެ މަސައްކަތާއި މެދު ހައުސިން މިނިސްޓްރީއަށް ޝަކުވާތައް ކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް