ލަވަކިޔުމާއި ދުރުގައި ހުރުމަށްފަހު އައު އަހަރާއި ދިމާކޮށް މިއުޒިކީ ދުނިޔެއަށް އައިސް އަލުން ލަވަ ކިޔުނީތީ ރިގްރެޓް ވާ ކަމަށާއި ނަމަވެސ އަދިވެސް ލަވަ ނުކިޔާނަމެކޭ ނުބުނާނެ ކަމަށް މޭނާ ހައްސާނު ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ މިހާރު ނޫހުގެ ލައިފްސްޓައިލް މެގަޒިން "ދޯ" އަށް ދީފައިވާ އިންޓަވިއުއެއްގައި އެވެ.
"މިހާރު މިއިނީ (ލަވަކިޔުނީތީ) ރިގްރެޓުވެފައި މިހާރު. މިހާރު މި އިނީ އޭގެ ހިތި އަސަރު އައިސްފަ އަމިއްލަ އަށް. ވަރަށް ބޮޑަށް ދެރަވެފައި މިއިނީ،" މިދިޔަ ބުރާސްފަތި ދުވަހު "ދޯ" އަށް ދިން އިންޓަވިއުގައި ހައްސާނު ބުނެފައި ވެ އެވެ.
ހަމަ އެ އިންޓަވިއުގައި ހައްސާން ބުނެފައިވަނީ ލަވަ ކިޔާނަމެކޭވެސް އަދި ނުކިޔާނަމެކޭވެސް ނުބުނާނެ ކަމަށެވެ.
އެ އިންޓަވިއުގައި ހައްސާން ބުނެފައިވަނީ އައު އަހަރުގެ ޝޯ ނިންމާފައި ސްޓޭޖުން ފޭބިތަނުން މުޅި ހަށިގަނޑު އެއްކޮށް "ދަމައިގަތީ" ކަމަށާއި ދަމައިގަނެގެން އުޅެފައި ރަނގަޅުވީ ފަހެއް ޖަހަން އުޅެނިކޮށް ކަމަށެވެ. އަދި ރަނގަޅުވެފަ އަނެއްކާވެސް ދެ ވަނަ ޝޯއަކަށް އަރައިފިން ކަމަށާއި އެ ޝޯއިން ފޭބިތަނުން އަތުގެ ކުޑަވާއިނގިއްޔާއި އެއާ ޖެހިގެން ހުރި އިނގިލިން އެކުގައި ވާގިދަނީ ކަމުގައިވެސް ހައްސާން ބުނެފައި ވެ އެވެ. އަދި އެއަށް ފަހު އޭގެ އަނެއް ދުވަހު އޮފީހަށް ގޮސް އެތަނުގެ ބޭރުގައި ހުރި ޖޯއްޔެއްގައި އޮއްވައި ފައިގެ ދެފަރާތުގެ ފަލަ މަސްގަނޑު ދަމައިގަތް ގޮތަށް ދެން ހަމަ ގުޑައިވެސް ނުލެވުނު ކަމުގައިވެސް ހައްސާނު ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް