ބޮޑު ބިޔަ ސައިތައްޓެއް ހަދައިގެން ދުބާއީގެ ގްލޯބަލް ވިލެޖުން، ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ ޗައިނާގެ ޝަންހާއީގައި އެވެ. މި ރެކޯޑް ދުބާއީން މުގުރާލީ އުސް މިނުގައި 3.66 މީޓަރު އެތެރޭގެ ވަށަމިނުގައި 1.42 މީޓަރު ހުންނަ ސައިތައްޓެއް ހަދައިގެންނެވެ. މި ސައިތަށީގައި ފަސް ހާސް ލީޓަރުގެ ސައި އަޅާފައި ހުއްޓެވެ.
މި ސައިތަށި ތައްޔާރު ކުރުމަށް 120 ކައްކާއިން އެތައް ގަޑިއިރަކު މަސައްކަތް ކޮށްފައިވާކަމަށާއި ރެކޯޑް މުގުރާލުމަށްފަހު އެ ތަށީގައި ހުރި ސައި 50 ހާސް މީހުންނަށް ބަހާފައިވާކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މި ސައިތަށި ތައްޔާރު ކުރުމަށް 155 ކިލޯގްރާމް ސައިފަތް، 270 ކިލޯގްރާމް ހިކި ކިރު އަދި 360 ކިލޯގްރާމް ހަކުރާއި 4.5 ކިލޯގްރާމް ކަރަންފުލާއި 135 ކިލޯގްރާމް އިނގުރު އަދި 27 ކިލޯގްރާމް ސިނަމަން އަދި 27 ކިލޯގްރާމް ކާޑަމަން ޕައުޑަރު ބޭނުންކުރި ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް