ލީބިޔާގެ ސިޓީއެއް ކަމުގައިވާ ބެންގާޒީގައި ދެ ކާރެއް ގޮއްވާލައި 35 މީހަކު މަރާލައިފި އެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ދެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 60 އިން މައްޗަށް އަރާފައިވާއިރު ދެ ކާރުވެސް ގޮއްވާލާފައިވަނި ބެންގާޒީގެ އަލް ސްލެއިމާނީ އަވަށުގެ މިސްކިތެއްގެ ކުރިމަތީގައި އެވެ. ދެ ކާރު ގޮއްވާލާފައިވަނީ ދެ ވަގުތެއްގައި އެވެ.
އެމިސްކިތަކީ ސަލަފީ ގްރޫޕްތަކުން ހިންގާ މިސްކިތެއް ކަމުގައިވީނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް