އިރާނުގައި 19 ކުއްޖަކު ރޭޕްކޮށްގެން ހައްޔަރުކުރި ޤާރީއަކު ދޫކޮށްލައިފި

އިރާނުގައި 19 ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ގާރީއަކު ދޫކޮށްލަން އެގައުމުގެ ޖުޑީޝަރީން ނިންމައިފި އެވެ. މި މައްސަލައިގާ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވ...

28 Jan 2018 | 01:00

އިރާނުގައި 19 ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ގާރީއަކު ދޫކޮށްލަން އެގައުމުގެ ޖުޑީޝަރީން ނިންމައިފި އެވެ.

މި މައްސަލައިގާ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެފައިވާ، ސައީދު ތޫސީ ނަމަކަށްކިޔާ މި ގާރީގެ މައްޗަށް ކޮށްފައިވާ ދައުވާ އާއި މައްސަލަ ނިންމާލުމަށް އިރާނުގެ ޖުޑީޝަރީން އަންގާފައިވާކަން އެގައުމުގެ ރަސްމީ މީޑިއާއިން ވަނީ އިއުލާނު ކޮށްފައި އެވެ.

މި މައްސަލަ ނުބެލުމަށް ޖުޑީޝަރީން އެންގުމާއި ގުޅިގެން ޖުޑީޝަރީއަށް ފާޑިކިއުންތައް އަމާޒުވެފައިވާއިރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ މަހްމޫދު ސާދިގީ ބުނެފައިވަނީ ޖުޑީޝަރީގެ ނިންމުމަކީ އެއްވެސް އިންސާފެއް ނެތް ތާކުން ތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ. އަދި އެކަން ކުރީ އެގައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނާޢީގެ ބާރުން ކަމުގައިވެސް އެ މެމްބަރު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް