އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެ

ހުޅުމާލޭ ޗަނބޭލި މަގުގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް  ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެ...

27 Dec 2019 | 13:29

ހުޅުމާލޭ ޗަނބޭލި މަގުގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް  ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ބަސް ޗަނބޭލި މަގުން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ކާރުން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހަށް އެމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަރުވެފައިވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް