ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައިފަ

ހުޅުމާލޭ އަހިގަސް މަގުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައިގެން އެކަމުގެ ރިޕޯޓް މިއަދު މެ...

27 Dec 2019 | 13:14

ހުޅުމާލޭ އަހިގަސް މަގުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނެއް ފަޅާލައިގެން އެކަމުގެ ރިޕޯޓް މިއަދު މެންދުރުގެ ވަގުތެއްގައި ކޮށްފައިވާ ކަމަށެވެ.

އެ ގުދަނުން ގިނަ އަދަދެއްގެ ރެޑް ބުލް ދަޅު ކޭހާ ސިނގްރޭޓް ފޮށިތައް ވަގަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން 4 ރެޑް ބުލް ކޭސް ވަނީ ފުލުހުން ހޯދާފައެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް