ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ޓެންޑާ މަރުހަލާގަ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުރުމަށްޓަކައި އަލަށް ފަށްޓަން އުޅޭ ޕްރޮޖެކްޓްގެ މަސައްކަތް ޓެންޑާ ކުރުމުގެ މަރުހަލާގައި ކުރިއަށްދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ. ފުވައްމު...

27 Dec 2019 | 10:39

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުރުމަށްޓަކައި އަލަށް ފަށްޓަން އުޅޭ ޕްރޮޖެކްޓްގެ މަސައްކަތް ޓެންޑާ ކުރުމުގެ މަރުހަލާގައި ކުރިއަށްދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފް އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ ފަންޑު މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ.

ފިނޭސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ މަސައްކަތް މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގައެވެ. އެކަމާއި ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، އިވެލުއޭޝަނަށް އެ މަސައްކަތް ހަވާލުކޮށްފައި މިވަނީ ދެވަނަ ފަހަރަށް ކަމަށެވެ.

ފުވައްމުލަކުގެ ގިރަމުންދާ ސަރައައްދު ހިމާޔަތް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް