ބުރިޖާއި ހައިވޭގައި ސީސީޓީވީ ސަވައިލަންސް ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ސީޕީ ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ސީސީޓީވީ ސަވައިލެންސް ކެމެރާ މިހާރު ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.
މިހާރު ތައްޔާރުވަމުން އަންނަނީ ސްޕީޑް ޑިޓެކްޝަން ކެމެރާ ހަރުކުރުމަށް ކަމަށެވެ. އެ ކެމެރާތަކަކީ ވެހިކަލްގެ ނަމްބަރު ޕްލޭޓް އޮޓޮމެޓިކުން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކެމެރާތަކެއް ކަމުގައިވެސް ސީޕީ ވިދާޅުވެފައިވެއެވެ.
ސީޕީ ވަނީ ފުލުހުންގެ ޓެކްޓީމަށް ހިތްވަރު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް