ސްކިލްޑް މަގާމަށް ބިދޭސީން ގެންނަނަމަ އެމްކިއުއޭ ތަތްގަނޑު ބޭނުންވާގޮތަށް ބަދަލުކުރަނީ

ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ބިދޭސީން ގެންނަން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ވެލިޑޭޝަން" ތައްގަނޑު ޖަހައިގެން ހުށަހަޅަންޖެހޭގޮތަށް ބަދަލު...

27 Dec 2019 | 08:04

ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ބިދޭސީން ގެންނަން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ވެލިޑޭޝަން" ތައްގަނޑު ޖަހައިގެން ހުށަހަޅަންޖެހޭގޮތަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން "އެމްޕްލޮއިމަންޓް އެޕްރޫވަލް"އަށް އެދި ހުށައަޅަންވާނީ ކޮލިފިކޭޝަން އޮތޯރިޓީގެ ތައްގަނޑު ޖެހި ސަނަދުތަކާއެކު ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

ކުރިން ބިދޭސީން ގެނައުމުގެ ހުއްދައަށް އެދެމުން އައިސްފައިވަނީ ދެފަރާތު ދެމެދު ވެވޭ ޕްރޮޖެކްޓް އެގްރިމެންޓްގެ ކޮޕީއެއް މިނިސްޓްރީއަށް ހުށައަޅައިގެންނެވެ.

ގަވާއިދާ ހިލާފު ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީންވަނީ ބިދޭސީން މަސައްކަތު ގެނައުމުގެ އުސޫލުތައް ހަރުދަނާކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް