މިދިޔަ ނޮވެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ކުޑަކުދިންނާއި ބެހޭ 75 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.
ޖެންޑާއިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނައިން ރިޕޯޓް ކޮށްްފައިވަނީ ކުޑަކުދިންނަށް އިހްމާލު ވުމުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އިހްމާލުވުމުގެ 23 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.
މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 21 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 9 މައްސަލަ އެއް ވަނީ ރިޕޯޓް ކޮށްފައިވާއިރު، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ދެ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް