މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުުރުމުގެ އިތުރު ކެމްޕޭނެއް ފަށައިފި

މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުުރުމުގެ އިތުރު ކެމްޕޭނެއް ފަށައިފި އެވެ. މިއީ ޖާމަނީ އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން ...

27 Nov 2021 | 12:18

މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުުރުމުގެ އިތުރު ކެމްޕޭނެއް ފަށައިފި އެވެ.

މިއީ ޖާމަނީ އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސްގެ ޓްރެވަލް އިންޕްރެޝަންސްއާއެކު ފެށި ކެމްޕޭނެކެވެ.

މި ކެމްޕެއިންގެ ދަށުން އިއްޔެއިން ފެށިގެން އެމެރިކަން އެކްސްޕްރެސްގެ މަތީ ފަންތީގެ ކާޑް ހޯލްޑަރުންނާ ހަމައަށް ރާއްޖޭގެ މައުލޫމަތު ހިމެނޭ ބްރޮޝަރއެއް ދައުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓްރެވަލް އިންޕްރެޝަންސްއަކީ އެމެރިކަން އެކްސްޕްރެސްގެ ވެކޭޝަން ކަލެކްޝަން ބްރޭންޑެވެ.

ޓްރެވަލް އިންޕްރެޝަންސްގައި ހިމެނޭ މަންޒިލްތަކާއި، މަތީ ފަންތީގެ ތަޖުރިބާތައް އަދި ޚިދުމަތްތައް އެމެރިކަން އެކްސްޕްރެސްގެ ވެބްސައިޓް އަދި ސްމާޓް ފޯން އެޕްތަކުގައި އަޕްޑޭޓްކުރެވެއެވެ.

މި ކެމްޕެއިންގެ ޒަރިއްޔާއިން އެމެރިކަން އެކްސްޕްރެސްގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ ތެރެއިން ޖާމަނީ އަދި އޮސްޓްރިއާގެ 4،500 ފަރާތަކަށް މެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ލިބޭ ތަޖުރިބާތަކުގެ މަޢުލޫމާތު ހިމެނޭ ބްރޮޝަރއެއް

މެދުވެރިކޮށް ހިއްސާކުރެވޭނެ އެވެ.

ސެންޗޫރިއަން ކާޑް ހޯލްޑަރުންނަކީ އެމެރިކަން އެކްސްޕްރެސްގެ އެންމެ މުއްސަދި ކަސްޓަމަރުން ގެންގުޅޭ ކާޑެވެ. ސެންޗޫރިއަން ކާޑް ހޯލްޑަރަކަށް ވެވޭނީ މިކަމަށް ދައުވަތު އެރުވޭ އަދި ވަކި ކަންތައްތަކެއް ފުރިހަމަ ކުރާ މަދު ކަސްޓަމަރުންތަކަށެވެ. ރާއްޖެއަކީ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލެވެ.

ވިޒިޓް މޯލްޑިވްސް އާއި ޓްރެވަލް އިންޕްރެޝަންސް ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ ގިނައިން ފައިސާ ހޭދަކުރުމުގެ ގާބިލްކަން ލިބިފައިވާ ޓާގެޓް ގްރޫޕަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ އެވެ.

އެމެރިކަން އެކްސްޕްރެސްގެ ކާޑް ހޯލްޑަރުންނަކީ އެ ކުންފުނީގެ ކްރެޑިޓް ކާޑުގެ ހިދުމަތައް އިޚްލާޞްތެރި ކަސްޓަމަރުންތަކެކެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖެއަކީ މި ދެ މާކެޓްގެ މަތީ ފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ސަމާލުކަން ދޭނެއެވެ. އަދި ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް ފޯރުކޮށްދޭ ގައިދުރުކަމާއި ރާއްޖޭގެ ރިޒޯޓް ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑުތަކުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ތަފާތު ތަޖުރިބާތަށް މާކެޓްކުރެވޭނެ އެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް ހިއްސާކުރެވޭނެ އެވެ.

މިއީ މި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަޤްސަދަކީ މި މާކެޓްގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަމާއި، ބްރޭންޑް ޕްރެޒެންސް ދެމެހެއްޓުމެވެ. އަދި ރާއްޖެއިން ލިބެން ހުރި ޚިދުމަތްތަކާއި ތަޖުރިބާތައް އަންގައިދީ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އިޝްތިހާރުކުރުމެވެ.

މި އަހަރު މިހާތަނަށް މި ދެ މާކެޓަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި އެވިއަރެޕްސްއާއެކު ހިންގުނު ވާޗުއަލް ހަރަކާތަކާއި އައިޓީބީ ބާލިންގ ވަރޗުއަލް، އަދި ކޮނޮސިއާ ސާކަލް އާއެކު ހިންގާފައިވާ ކެމްޕެއިން ހިމެނެ އެވެ.

ހަމަމިއާއެކު އެފްވީޑަބްލިއު އީ ލާނިންގ ޕްރޮގްރާމް އަދި ބެންޓްލީ ކްލަބް މެގަޒިންއާއެކު ހިންގާފައިވާ ކެންޕެއިން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް