މާލޭ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅުވި މީހަކު ހައްޔަރުކޮށްފި

މާލޭ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅުވި މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިބްރާހިމް އަހުމަދެވެ. އެއީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ...

27 Nov 2021 | 10:27

މާލޭ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅުވި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިބްރާހިމް އަހުމަދެވެ. އެއީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މީހެކެވެ.

އެމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ހަތް ދުވަސް ވަނީ ޖަހައިދީފަ އެވެ. އޭނާވަނީ މިސްކިތު ފަންކާގައި އެއްޗެހި ހިއްކަން އަޅުވަން މަސައްކަތް ކުރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.

ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ އަމަލަކީ މުޖުތަމައުގައި ކަންބޮޑުވުން އޮތް ކަމަކަށް ވާތީ އެވެ. އަދި މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކޮށްފައިވާ ކަމަށް އޭނާ ކޯޓުގައި ވެސް ބުނެފައި ވާތީ އެކަމާ ރިއާޔަތްކޮށެވެ.

މިފަހުން މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލު ކުރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ކައިބޮއެ، ނިދުން ފަދަ ކަންކަން ކޮށްފައިވެ އެވެ.

އަދި މިސްކިތްތަކުގައި މާރާމާރީ ހިންގުމުގެ އިތުރުން މިސްކިތްތަކަށް ކުޑަކަމު ދިއުމާއި ހަތިމަށް ކުޅުޖެހުމުގެ ކަންކަން ކޮށްފައިވެ އެވެ. މިސްކިތްކަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅުޖެހި މައްސަލައިގަ ހައްޔަރު ކުރި މީހާ ފުލުހުން ހައްޔަރުކޮށްފައިވާއިރު އެމީހާ އާއި ދެކޮޅަށް ދައުވާ ކުރަންވެސް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް