އަންނަ މަހު އާންމުކޮށް އެންމެންނަށް ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފަށަނީ

އަންނަ މަހު އާންމުކޮށް އެންމެންނަށް ކޯވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފަށަން ނިންމައިފި އެވެ. މިކަން އިއުލާނު ކުރެއްވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވިދާޅުވީ އާންމުކޮ...

27 Nov 2021 | 09:54

އަންނަ މަހު އާންމުކޮށް އެންމެންނަށް ކޯވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފަށަން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފަށާނީ އަންނަ މަހުގެ މެދު ތެރޭގައި ކަމަށެވެ. އޭގެ ކުރިން އަންނަ ހަފްތާގައި ޓޫރިޒަމް އަދި އެއާޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ބޫސްޓާ ޑޯޒު ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރުތު ހަމަވާ އެންމެން ބޫސްޓާ ޑޯޒު ޖެހުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ދޭން ފެށީ މިދިޔަ މަހު ކުރީ ކޮޅެވެ. ބޫސްޓާ ޑޫޒުގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް 9،058 މީހުން ވަނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ބޫސްޓާ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް