އާ ވޭރިއަންޓާއި ގުޅިގެން ދަތުރު ކުރުން މަނާ ފިޔަވަޅުތައް އަޅަން އަދި މާ އަވަސް: ޑަބްލިއެޗްއޯ

ކޯވިޑް-19 ގެ އާ ވޭރިއަންޓާއި ގުޅިގެން ގައުމުތަކުގެ މެދުގައި ދަތުރުކުރުން މަނާ ކޮށް ފިޔަވަޅު އެޅުން އަދި މާ އަވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ. ކޯވިޑްގެ އާ ވޭރިއ...

27 Nov 2021 | 08:56

ކޯވިޑް-19 ގެ އާ ވޭރިއަންޓާއި ގުޅިގެން ގައުމުތަކުގެ މެދުގައި ދަތުރުކުރުން މަނާ ކޮށް ފިޔަވަޅު އެޅުން އަދި މާ އަވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ކޯވިޑްގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޯން" ފެނި، އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ ސައުތް އެފްރިކާގަ އެވެ. އާ ވޭރިއެންޓާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކުން މިހާރު ވަނީ ސައުތް އެފްރިކާއަށް ދަތުރު ކުރުން މަނާކުރަން ފަށާފަ އެވެ.

މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއިން ދަނީ އޮމިކްރޯން ނުވަތަ ބީ.529.1.1 ކައިރިން މޮނީޓާ ކުރަމުން ކަމަށެވެ. އާ ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭ ކަމަށާއި ބަލި ފެތުރޭ ހަލުވި މިނަށް އަދި ބަލީގައި ސީރިއަސްވާ މިންވަރަށް ބަދަލު އާދޭތޯ ބަލަމުންދާ ކަމަށެވެ.

ބަޔާނުގައި ބުނީ އެކަންކަން ދެނެގަތުމުގެ މަރުހަލާ ކުރިޔަށް ދަނިކޮށް ދަތުރު ކުރުން މަނާ ކުރުމުގެ ފިޔަވަޅުތައް އެޅުން އަދި އެދިވިގެންނުވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ހުރިހާ ކަމެއް ދެނެގަންނަން ހަފްތާއެއްވަރު ނަގާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މިއީ ކަންބޮޑުވުންތައް ހުރި ވޭރިއެންޓެއްކަމަށް ބުނެފަ އެވެ. އެކަމަކު މި ވޭރިއެންޓު ޕީސީއާރު ޓެސްޓުން ދައްކާ ކަމަށް ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ދުނިޔޭގައި ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް