އަތޮޅުތަކަށް ނިސްބަތްވާ މީހުންނާއި މެދު މިއޮތީ ކަޅު ނަސްލުގެ މީހުނާއި މެދު ބައެއް ޤައުމުތަކުގައި އޮތްފަދަ ތަފާތު ކުރުމެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވަނީ ގުޅީފަޅު ސަރަހައްދު ހިއްކައި އެ ތަނުން ގޯތި ދޭ ވާހަކައިގެ ސްކްރީންޝޮޓްތަކެއް މިއަދު ޓްވިޓާގައި ހިއްސާ ކުރެއްވުމަށްފަހުއެވެ.
އެގޮތުން ދިޔާނާ ވިދާޅުވީ، މި ސިޔާސަތު އަންޕެކްކޮށް ބެލީމާ ސާފުކޮށް ފެންނަ ނަތީޖާ އަކީ ނިޒާމީ ގޮތެއްގާ އަތޮޅު ތަކުގެ މީހުން ތަފާތުކޮށް ނިކަމެތި ކުރާ ތަން ކަމުގައެވެ. އަދި މި ރާއްޖޭގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނާއި މެދު މިއޮތީ ކަޅު ނަސްލުގެ މީހުނަނަށް ބައެއް ޤައުމުތަކުގައި އޮތް ފަދަ ތަފާތު ކުރުމެއް ކަމުގައި ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދިޔާނާ ވިދާޅުވީ، ޖަޒީރާ ރާއްޖެ ފަދަ ރީތި ނަން ކިޔަސް ކުރިއަށް މިދަނީ ހަމަ އެއްތާކަށް ތަރައްޤީ ބައްކޮށް މަރުކަޒު ކުރުމުގެ ސަޤާފަތް ކަމުގައެވެ.
އަދި ރަށްރަށުގެ ބިންތަކުގައި އުޅެވޭނެ ގޮތެއް ހޯދައި ނުދީ އޭގެ ބަދަލުގައި މިދައްކަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކާ އަގު ބޮޑު ބިން ދޭ ވާހަކަ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް އަތޮޅުތަކަށް ވުރެ ގިނަ އިން އަބަދުވެސް ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ކަން ފާހަގަަ ކޮށް އާންމު ރައްޔިތުންނާއި ބައެއް މަޖިލިސް މެންބަރުންވެސް އެ ކަމުގެ ވާހަަކަ ފާހަގަ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް