ރިނބިދޫގައި "ހިތްފަސޭހަ ހިޔާ" ގެ ނަމުގައި މައިޒާނެއް ތަރައްޤީ ކޮށްފި

ދ. ރިނބިދޫ ކައުންސިލުން އިސްނަގައިގެން "ހިތްފަސޭހަ ހިޔާ" ގެ ނަމުގައި މައިޒާނެއް ތަރައްޤީކޮށް ކޮށްފިއެވެ. ރިނބިދޫ ސްކޫލް ކައިރިއަށް އައިސް ތިބޭ ކުދިންނަށާއި ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްޤީކޮށްފަައ...

27 Nov 2021 | 06:36

ދ. ރިނބިދޫ ކައުންސިލުން އިސްނަގައިގެން "ހިތްފަސޭހަ ހިޔާ" ގެ ނަމުގައި މައިޒާނެއް ތަރައްޤީކޮށް ކޮށްފިއެވެ.

ރިނބިދޫ ސްކޫލް ކައިރިއަށް އައިސް ތިބޭ ކުދިންނަށާއި ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްޤީކޮށްފަައިވާ މި މައިޒާން ހަދާފައިވަނީ ސުކޫލުގެ ބޭރުމަގުގެ އަނެއް ފަރާތުގައެވެ.

ރިނބިދޫ ކައުންސިލުން މީޑިއާ އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައިޒާން ހަދާފައިވާ އާންމު ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭނެހެން ސުކޫލްކައިރިއަށް ދާ ކުދިންނާއި ފަރާތްތަކަށް ޚާއްސަ ކޮށްގެންނެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި މި މަސަައްކަތަކީ ސުކޫލް ކައިރިއަށްދާ ދަރިވަރުންނާއި ބެލެނިވެރިން އަވީގައި ތިބެން ޖެހޭތީވެ، އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން ކޮށްފައިވާ މަސައްކަތެއް ކަމުގައެވެ.

މި މަސައްކަތް ކޮށްފައި ވަނީ ކައުންސިލުގެ އިސްނެގުމުގެ ދަށުން އިޖުތިމާއީ ރޫހެއްގައި އާންމު ރައްޔިތުން ހިލޭ ސާބަހަށެވެ.

މި މަސައްކަތް ކުރުމަށް ޚަރަދު ކޮަށްފައި ވަނީ ކައުންސިލުގެ ބަޖެޓާއި އާންމު ފަރާތްތަކުގެ ހިލޭ އެހީން ކަމުގައި ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ "ހިތްފަސޭހަ ހިޔާ" ތަރައްޤީކޮށް ނިމިފައިވާ އިރު ރައްޔިތުން އެ ކައުންސިލުގެ މި މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާއި، އެ ކައުންސިލުން ވެސް އެ މަސައްކަތުގައި އެހީތެރިވެދެއްވި ރައްޔިތުންނާއި ހިލޭ އެހީ ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް