ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް މިނިސްޓަރު ނަހުލާ ފ. ނިލަންދޫގައި

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އަތޮޅުތެރޭގައި ހިންގާ ކެމްޕެއިންގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފި އެވެ. މިނިސްޓަރު ނަހުލާ ލީޑު ކުރައްވައި ޖޭޕީގެ ޓީމު ގޮސ...

27 Nov 2021 | 03:37

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އަތޮޅުތެރޭގައި ހިންގާ ކެމްޕެއިންގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފި އެވެ.

މިނިސްޓަރު ނަހުލާ ލީޑު ކުރައްވައި ޖޭޕީގެ ޓީމު ގޮސްފައިވަނީ ފ. ނިލަންދޫއަށެވެ. މި ދަތުރުގައި ނަހުލާގެ އިތުރުން ގިނަ އަންހެން ކަނބަލުން ބައިވެރިވެފައިވާއިރު ދަތުރުގައި ހިމެނެނީ ފިރިހެން އެންމެ ހަތަރު މީހުން ކަމަށް ޖޭޕީން ބުނެ އެވެ.

މިދަތުރުގައި މެމްބަރުން އިތުރުކުރުމަށް ހަރަކާތްތަކެއް ހިންގާނެ އެވެ.

މި ދަތުރުގެ އިތުރުން ޖޭޕީގެ ޓީމުތައް ދަނީ ރާއްޖޭގެ އެކި ސަރަހައްދަށް ދަތުރު ކުރަމުންނެވެ. އެ ދަތުރުތަކުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ޖޭޕީން ބުނެ އެވެ.

ކޮންމެ ފަހަރެއްގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ޖޭޕީން މެމްބަރުން އިތުރު ކުރުމަށް ހަރަކާތްތައް ހިންގައެވެ. އެ ޕާޓީން ބުނީ މިއަހަރު ހިންގަން ފެށި ހަރަކާތްތަކުން މިހާތަނަށް ދ10،000 މެމްބަރުން ހަމަވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް