ދީބާޖާ މައްސަލަ ރިވިއު ނުކުރީ އަދަދަށް ބަދަލު އަންނާނެ ކަމަށް ނުފެންނާތީ: އޭޖީ

އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށ...

27 Nov 2019 | 11:34

އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ކުރުމަށް އެކޯޓަށް ހުށަނޭޅީ އެ މައްސަލައިގައި ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ދީބާޖާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވީ، 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދިނުމަކީ އަދަދަށް ބަލާނަމަ ރަނގަޅު އަދަދެއް ކަމަށެވެ.

ދީބާޖާގެ މައްސަލަ ދައުލަތަށް އިސްތިއުނާފު ކުރެވެން އޮތްތޯ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިިރު އަބްދުލްލަތީފު ވިދާޅުވުމުން ބަންޑާރަނާއިބު ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ރިވިއު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނާޖާއިޒް ގޮތުގައި އެކި ކަންކަމަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ބޮޑެތި އަދަދުތައް ދިނުން ހުއްޓުވުމަށް ގާނޫނުތަކަށް ބަދަލު ގެންނަނަމުން ގެންދަވާ ކަމަށް ވެސް އޭޖީ ކޮމެޓީގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން ސަރުކާރުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ނިންމަވާފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް