ކެންސަރުގެ ބަލިތަކަށް ހާއްސަ ބޭސް ފިހާރައެއް އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފިއެވެ.
މި ފާމަސީގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ލިބޭނެއެވެ.
އެ ފާމަސީން ލިބޭ ހުރިހާ ބޭހަކީ އާސަންދައިގެ ދަށުން ހިލޭ ލިބޭނެ ބޭހެވެ.
މި ފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމާއި ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު މުހައްމަދު ޝިފާނެވެ.
ފާމަސީ ހުޅުއްވައިދެއްވުމަށް ފަހު ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލުން މަސައްކަތްކުރަނީ އެ ތަނުގެ ހިދުމަތް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދޭން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް