ޕެސްޓިސައިޑްގެ ބިލް މަޖިލިހުން ފާސްކޮށްފި

ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއެރުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅ...

27 Nov 2019 | 10:55

ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއެރުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް މިއަދު ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 72 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ބިލުގައި ލައިސަންސް ނެތި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކަށް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

ޕެސްޓިސައިޑް ބޭނުން ކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅު އެޅުމާއި ޕެސްޓިސައިޑާ ގުޅޭ އުސޫލުތައް އެކުލަވައިލުމަކީ ބިލްގެ މަގްސަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް