ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް މާދަމާ މެންދުރު 1:30 އަށް ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގައެވެ.
ރައީސް ޔާމީންގެ މައްސަލަ އާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ކްރިމިނަލް ކޯޓު ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާނުގެ މައްސަލައިގައި ގާޒީ އަލީ ރަޝީދު މީޑިއާގައި ވާހަކަދެއްކެވި ކަމަށް ވިދާޅުވެ އެއީ ސުލޫކީ މައްސަލައެއް ކަން ފާހަގަކުރައްވާ މިމައްސަލަ އިން ތަނާޒުލްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެމައްސަލަ ކޯޓުން ބަލައެއްނުގަނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް