އިސްމާއިލް ހައްމާދުގެ ބޮލަށާއި ގައިގެ އެކި ތަންތަނަށް ވަޅި ހެރިކަމަށް، އިސްމާއިލް އާސިފް ތަހުގީގާއި ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު ވިދާޅުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ހައްމާދު، 26 އައިސީޔޫން ވޯޑަކަށް މިހާރު ބަދަލުކޮށްފައިވާ ކަަމަށެވެ. ތަހުގީގަށް އޭނާގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި، ދޯނީގައި ތިން މީހުން ތިއްބަސް މާރާމާރީ ހިނގީ އިސްމާއިލް ހައްމާދާއި އިސްމާއިލް އާސިފްއާ ދެމެދެވެ.
އާސިފް އެކަނި ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފައި ވަނީ، ހައްމާދަށް ހަމަލާދިން އިރު ދެން ތިބި މީހުން ތިބީ ނިދާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް