ގދ. ރަތަފަންދޫގައި ހިންގި ދެ މާރާމާރީއަކާއި ގުޅިގެން އަށް މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ދެވަނަ މާރާމާރީ ހިންގީ ހޯމަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
"24 ވަނަ ދުވަހު ރަތަފަންދޫގައި ގްރޫޕް މާރާމާރީއެއް ހިންގާފައިވޭ، މި މާރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފގެން ފަރުވާ ހޯދާފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ޖެހިގެން އައި ދުވަހު ދެމީހެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ދެ މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެމީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ. އެ އަށް މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރު ކުރުމުން އޭގެން 20 އަހަރުގެ މީހަކަށާއި 24 އަހަރުގެ މީހާއަށް ހަތް ދުވަސް، 23 އަހަރުގެ މީހާ އަށް 6 ދުވަސް އަދި 20 އަހަރުގެ އަނެއް މީހާއަށް ފަސް ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް