އީސްލާމް ދީނަށް ދިވެހީން ހޭލުންތެރިކޮށް ދީނީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔަތުލް ސަލަފް އުވާލަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމިއްޔާ އާއި ޖިނާއީ ކުށް ކުރި އެންމެނަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ޖަމިއްޔަތުއްސަލަފްގެ ތެރޭގައި ތިބި ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަރާތްތަކާއި ދެކޮޅަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަން ނުހިމަނާ ތެދު ރިޕޯޓެއް ލިޔާނެ ގޮތް ނުވިސްނޭ ކަމަށެވެ.
އެއްވެސް ޖަމާއަތުން މީހުން މެރުމަށާއި ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރު ދޭ ބާވަތުގެ އެއްވެސް ވާހަކައެއް ދެއްކުމާއި އެފަދަ އެއްވެސް އަމަލެއް ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް