އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި، ކަމާ ގުޅުން ހުރި މުއައްސަސާތައް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.
މި ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވާ މުއައްސަސާތަކަކީ ޖެންޑާ މިނިސްޓްރީ، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނެވެ.
މި މައްސަލަ ސަލާމަލުކަމަށް އައިސްފައި ވަނީ ދާދި ފަހުން ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނީގެ ނަމުގައި ގުޅުން ހިންގަމުން ދިޔަ ކަން އެނގުމުންނެވެ.
ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވީ މުއައްސަސާތައް ކޮމިޓީ އަށް ހާޒިރުކުރަނީ އެ ކުއްޖާގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލް ހޯދަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް