ގާސިމް ޔާމިނަށް: އަމިއްލަ އެދުމުން ފުރިގެންހުރެ ތިޔަ ގޮވަނީ ކޮސް

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫ...

27 Nov 2019 | 07:24

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ގާސިމް ވަނީ ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅުނު ޕީޕީއެމްގެ މެންބަރުންނަކީ ރައީސް ޔާމީނަށް ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދިން ބޭފުޅުން ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ. އެ މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އެއީ އެންމެ ރަނގަޅު ޕްލެޓްފޯމް ކަމަށް ގަބޫލުކުރައްވާތީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ރޭ ތުހުމަތު ކުރެއްވި ގޮތުގައި އޭނާ ޖަލަށް ލާން ޔާމީން އުޅުއްވީ ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާއަކަށް ވާތީ އެކަން ބާތިލުކޮށްފާނެ ކަމުގެ ބިރަށެވެ. ޔާމީނަށް ވެރިކަމަށް ވަޑައި ނުގެންނެވުނީ މީހަކު ކުރި ކަމަކުން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ކުރީގައި ރަނަށް ވެފައި މިއަދު އެމަނިކުފާނު އެމީހުން ބާ ޓަޔަރުތަކަކަށް ހަދާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް