ފަނޑިޔާރު ޣަނީގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުަހައްމަދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރު ޣަނީ މަގ...

27 Nov 2019 | 07:09

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުަހައްމަދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރު ޣަނީ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ފޮނުވި ސިޓީ އިއްވާފަ އެވެ. އެ ސިޓީ މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ނިންމެވިކަން އިއުލާން ކުރެއްވިއެވެ.

ފަޑިޔާރު ޢަނީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ކޮން މައްސަލައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޖޭސްސީން ޣަނީގެ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް