މި ގައުމު ނުހިންގިގެން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އުނދަގުލާ ހެދި ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ގައުމު ނުހިންގިގެން އުޅެނީ ގާސިމްގެ ނުހޮރުއްޕާނާ ހެދި ކަމަށެވެ.
"ގާސިމް އިބްރަހިމްގެ ނުހޮރުއްޕާނާ ހެދި މި ގައުމު ނުހިނގައިގެން މިއުޅެނީ މިއަދަކު ނޫން، މިހާރު ޒަމާންތަކެއް ވެއްޖެ، ގާސިމް އިބްރާހިމްގެ ވިޔަފަރިތައް ދައުލަތަށް އަތް ބާނައިގެން ނޫން ގޮތަކަށް ވިޔަފާރިކުރަން އެމަނިކުފާނަށް އެނގިވަަޑައެއް ނުގަންނަވާ،" ޖާބިރު ވިދާޅުވިއެވެ.
ދައުލަތުން ވައްކަން ކުރި މީހުންގެ މުދާ ނަގަން ޖެހޭ ކަމަށާއި، އޭގެ ތެރޭގައި ގާސިމްގެ މުދާވެސް ނަގަންޖެހޭ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތަށް "އަތްބާނައިގެން" ނޫން ގޮތަކަށް ގާސިމަށް ވިޔަފާރި ކުރަން ނޭނގޭ ނަމަ ބިޒްނަސް ކޮންސަލްޓެންޓެއް ގެނެސް ބިޒްނަސް މޮޑެލް އަށް ވިޔަފާރިކުރަން ގާސިމަށް ދަސްކޮށްދޭން ޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް