މަސް ހިފަން ދިޔަ އުމުރުން ދުވަސްވީ މީހަކު ގދ. މަޑަވެލިން ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުންދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންނަށް ރޭ 12:11 ހާއިރު ބީޗް ސަރަހައްދުން އެމީހާ ފެނިފައިވާކަމަށެވެ.
"އެމީހާ މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އިއްޔެ މެންދުރު ދަލެއް ހިފައިގެން މަސް ހިފަން ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔައީ އެ ރަށު ގަމަރީ މުހައްމަދު ސައީދު (ދަފްތަރު ނަމްބަރު 3476( އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް