ގޭތެރެއަށް ބޭނުންވާ އިލެކްޓޯރިކްސްގެ ހުރިހާ ރޭންޖެއް ހެޔޮ އަގުގައި ވިއްކަމުން އަންނަ ނޮބެލް އިލެކްޓްރޯނިކްސް ފިހާރައިގާ ހުސްކުރާ ސޭލު ފަށައިފިއެވެ.
ރަށް ދެބައިމަގުގައި ހުންނަ ނޮބެލް އިލެކްޓްރޯނިކްސް ފިހާރައިގާ ވިއްކަން ހުރި ތަކެތީގެ އަގުތައް އެހެރީ ކަނޑާ ކަނޑާ 50 އިންސައްތައަށްވުރެ ތިރިކޮށްލާފައެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ފިހާރައިން ބުނީ އިއްޔެ ފެށި މި ސޭލް ސްޓޮކް ހުސްވަންދެން ކުރިއަށްދާނެ ކަމަށާއި ގޭތެރޭގެ އިލެކްޓްރޯނިކް ސާމާނު އާކޮށްލަން މިއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
ސޭލްގެ ބައެއް އަގުތަކަށް ވަކިން ބަލާލާއިރު ކުރިން 585 ރުފިޔާއަށް ވިއްކަމުންދިޔަ މިކްސަރު މިހާރު ހަމަ އެންމެ 325 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. 275 ރުފިޔާއަށް ލިބެން ހުރި ޓޯސްޓަރު 190 އަށް ލިބެން އެބަހުއްޓެވެ. 325 އަށް ކުރިން ވިއްކަމުންދިޔަ އިސްތިރި ހަމަ އެންމެ 155 އަށް ލިބެން ހުރިއިރު ކުރިން 1800 އަށް ވިއްކަމުންދިޔަ މިނީބާ ފްރިޖް ހަމަ އެންމެ 1365 އަށް އެބަހުއްޓެވެ.
ނޮބެލް ފިހާރައިގާ ވިއްކަމުން އަންނަ ނޮބެލް ބްރޭންޑަކީ މެދުއިރުމަތީގައި މަޝްހޫރު އިލެކްޓްރޯނިކް ބްރޭންޑެވެ. މި ބްރޭންޑްގެ އިތުރުން އިޓަލީ ވިލާތުގެ މަޝްހޫރު އިލެކްޓްރޯނިކް ބްރޭންޑެއް ކަމުގައިވާ ބޮމްޕާނީ ބްރޭންޑްގެ އިލެކްޓްރޯނިކް ސާމާނުވެސް ނޮބެލްގެ ހުސްކުރާ ސޭލްގައި ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް