ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގެ މުއާސަލާތީ ގުޅުމާއި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ މަސައްކަތް ދިރާގާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވމާއި ގުޅޭޣޮތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަފޭޝަން (އެޗްޑީސީ)ން ބުނީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގެ އިތުރުން ހުޅުމާލޭ ދެވަނަފީގެ ކަވަރޭޖް ރަނގަޅުވާނެ ކަމަށެވެ.
ދަށުން ފޭސް ދޭއްގެ ޕްލޭނާ އެއްގޮތަށް އިތުރު ޓަވަރުތަކެއް ވެސް ހަރުކުރާނެ އެވެ. އެ ޓަވަރުތައް މެދުވެރިކޮށް، މުވާސަލާތީ ހިިދުމަތް ފޯރުކޮށްދިނުމުގެ މަސައްކުރާ އިތުރު ކުންފުނިތަކާ އެކު ކުރިމަގުގައި އެއްބަސްވުންތައް ހަދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ޓަވަރުތަކުގެ ބޭނުމަކީ ވަކިވަކިން ގިނަ ޓަވަރުތަކެއް އެކި ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލޭ ފޭސް ދޭއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް، ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް