އުތީމު ތުނޑީ ގިރާ ސަރަހައްދުން ކުރީގެ އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަހައްދުން ކުރީގެ އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ބުނީ އެ ވަޅުވެފައިވަނީ އެ ސަރަހައްދު ވަރަށް ބޮޑަށް ގިރާފައި އޮތުމުންނެވެ. ކައުންސިލުން މިހާރު ވަނީ ...

27 Oct 2021 | 15:44

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑީ ސަރަހައްދުން ކުރީގެ އާސާރީ ވަޅެއް ފެނިއްޖެ އެވެ.

އުތީމު ކައުންސިލުން ބުނީ އެ ވަޅުވެފައިވަނީ އެ ސަރަހައްދު ވަރަށް ބޮޑަށް ގިރާފައި އޮތުމުންނެވެ. ކައުންސިލުން މިހާރު ވަނީ ވަޅު ހުރި ސަރަހައްދު ބަންދުކޮށްފަ އެވެ.

އުތީމު ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އެ ކައުންސިލާއި ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. މިހާރު އެ ވަޅު ހުރި ސަރަހައްދު ވަކިން ބަންދު ކޮށްފައިވަނީ ވަގުތީ ގޮތުން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.

މިއަދު ފެނިފައިވަނީ ވެކި ގަލުން ހަދާފައިވާ ހަަތަރެސްކަން ވަޅެކެވެ.

އުތީމަކީ އާންމުކޮށް އެފަދަ ތާރީހީ އެއްޗެހި ފެންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް