އައިޖީއެމްއެޗްގެ ނަރުސްގެ މަރާލި ކަމުގެ ތުހުމަތުގައި ފިރިމީހާ ހައްޔަރު ކޮށްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ. އެ ނަރުސްގެ މަރުވެފައިވާ ހަށިގަނޑު މިދިޔަ ހުކުރު ދުވަހު ފިރިމީހާ އެ ހޮސް...

27 Oct 2021 | 15:03

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

އެ ނަރުސްގެ މަރުވެފައިވާ ހަށިގަނޑު މިދިޔަ ހުކުރު ދުވަހު ފިރިމީހާ އެ ހޮސްޕިަލަށް ގެންދިޔައީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ.

އެ ނަރުހަކީ އައިޖީއެމްއެޗުގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕިންސް މީހެކެވެ. އޭނާ ރާއްޖޭގައި ދިރިއުޅެނީ ފިރިމީހާ އާއި އެކު އެވެ. ފިރިމީހާ އަކީވެސް އައިޖީއެމްއެޗުގެ ނަރުހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަރުސްގެ މަރާއި ގުޅިގެން އުމުރުން29 އަހަރުގެ ފިލިޕިންސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

އެ އަންހެން މީހާމަރާލި ކަމުގެ ތުހުމަތު ފިރިމީހާއަސް ކުރަން ޖެހުނީ ދަން ޖެހިގެން މަރުވީ ކަމަށް ބުނެ ފުލުހުން ސީންއަށް ދިއުމުގެ ކުރިން އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާތީ އެވެ. އަދި ހޮސްޕިޓަލުން ބެލި ބެލުމުން ނަރުސް މީހާ ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން ވަނީ އެ ނަރުސް މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފަ އެވެ. މިމައްސަލައިގަ ފުލުހުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް