މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގަިއ ކުރިޔަށް ދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ ގޮނޑުދަޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލަ ގެންދިއުމުގެ މަދސައްކަތް ކަމަށެވެ. އެ މަސައްކަތުގެ ދަށުން ހަތަރުވަނަ ޝިޕްމަންޓް މިމަހުގެ 23 ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މި މަޝްރޫގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 384 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 287 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ. މިއީ 121.84 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް