ފުވައްމުލައް ސިޓީގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައިޞަލް ނަސީމް ފައްޓަވާދެއްވައިފި އެވެ.
އެސިޓީގައި އަލަށް ޢިމާރާތްކުރާ "މަސްޖިދުލް ހުދާ" ގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވާދެއްވާފައިވަނީ އައްޑު ސިޓީ އާއި މުވައްމުލައް ސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނައިބާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މަސްޖިދުލް ހުދާ އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 08 އޮގަސްޓް 2021 ގަ އެވެެ. މިއީ ދައުލަތުގެ ބަޖެޓުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރާ މަސައްކަތެކެވެ. މި މިސްކިތް 333 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ.
މި މިސްކިތުގެ ކޮންޓްރެކްޓަރ އަކީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް އެވެ. 2 ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް